ފަރުކޮޅުފުށި ކައިރިން ފްރީ ޑައިވްކުރަން އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Asuru

މަރުވެފައިވަނީ ދެކުނު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއެކެވެ. އޭނާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު 11:05 ހާއިރު ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރުއެވެ.

އޭނާގެ ހަށިގަނޑު މާލެ ގެެނެސްފައިވަނީ މިއަދު 12:21 ހާއިރުއެވެ.