ހުޅުމާލެ ފޭސް އެކެއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި، މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

Ads by Asuru

ތަހުގީގަށް ހާޒިރުވުމަށް އަންގާ ފުލުހުން އިއުލާން ކޮށްފައިވާ ފަރާތަކީ ލ. ދަނބިދޫ / ކަފަމާގެ ޢާއިޝަތު ޝަބީނާއެވެ.

އޭނާގެ އުމުރުން 32 އަހަރެގެ. އައިޑީ ކާޑު ނަންބަރަކީ A309857އެވެ.

މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް އޭނާ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަން އަށް މި މަހުގެ 28 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވާން ފުލުހުން އަންގައެވެ.