މާލޭގެ ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލް ޕަމްޕު ސްޓޭޝަނެއް ޤާއިމް ކުރުމަށްޓަކައި ސްޓެލްކޯއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Asuru

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީއެވެ.

އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ޚިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށެވެ.

މި ޕަމްޕް ސްޓޭޝަނަކީ ސްޓެލްކޯ އިން މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެކެވެ.