ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށްޓަކައި 18 އަހަރުން މަތީ މީހުންގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru
އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެެވެ.
މި ލިސްޓް ފައިނަލް ކުރުމަށްފަހު އައިޑީ ކާޑުގައިވާ މަޢުލޫމާތު ބަދަލުވެއްޖެނަމަ އެ މީހަކަށް ވޯޓުލުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ.

މިކަމާ ގުޅިގެން ޑީއެންއާރުން ބުނީ އައިޑީ 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޑީއެންއާރް އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ މީހުންނަށް މަޢުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައި ދެވޭނީ، އެ މީހުންނަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވޯޓު ނުލެވެވުނު ނަމަވެސް އެ މީހުންގެ އިއުތިރާޒެއް ނެތް ކަމަށްވާނަމަ ކަމަށެވެ.