މާފަންނު ޕަރުވާނާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވައިލައިފިއެވެ.
މާފަންނު ޕަރުވާނާގެއިން ދުން އަރާކަމުގެ މަޢުލޫމާތު މިއަދު 14:14 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިގޮތުން ގޮސް ބެލިބެލުމުން، މ.ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރުމުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 14:30 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލާފައެވެ.
މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ.
ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.