ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ބަންގްލަދޭޝްގެ ކޯޓަކުން އަމުރުކޮށްފިއެވެ.

Ads by Asuru

ރައުދާ އާތިފު މަރުވެފައިވަނީ 2017 ވަނަ އަހަރުގެ މާޗުމަހުގެ 29 ވަނަ ދުވަހުއެވެ.

މި މައްސަލަ އަލުން ބަލަން ކޯޓަކުން އެންގި އިރު، ކުރިން އެ މަރަކީ ދަންޖެހިގެން ހިނގި ހާދިސާއެއް ކަމަށް އޮޓޮޕްސީ ރިޕޯޓާއި ފުލުހުންގެ ތަހުގީހުން ވެސް ބުނެފައިވެއެވެ.

ރައުދާގެ މަރުގައި ސުވާލު އުފެދޭފަދަ ކަންކަން ހުރުމާއެކު، އޭނާގެ ބައްޕަ ވަނީ ރައުދާ އަމިއްލަ އަށް މަރުވީ ނޫން ކަމަށާއި އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ބުނެފައެވެ.

އޭނަގެ ވަކީލު އެމްޑީ ނޫރުލް އިސްލާމް ސަރުކަރުއާ ހަވާލައިދީ ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ބުނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެން ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން އެ ގައުމުގެ މެޖިސްޓްރޭޓް ކޯޓަކުން އަންގާފައިވާ ކަމަށެވެ.