ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުކުރު ދުވަހުގެ ނިޔަލަށް 325 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

Ads by Asuru
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެފައި ހުރުމުންނެވެ.
އެގޮތުން، އެޑްރެސް ބަދަލުވެގެން 185 ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނޭތީ 131 ޝަކުވާ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ދާއިރާ ބަދަލުވުމުގެ ސަބަބުން ހަތަރު ޝަކުވާ އަދި ލިސްޓުގައި ނަން ނެތުމުން ދެ ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ވޯޓު ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 3:00އެވެ.