ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.

Ads by Asuru

ޖޭޕީން ވަނީ ފައިސަލް އެ ޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ފައިސަލް ޖޭޕީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާއިރު ފައިސަލް ނައިބު ރައީސްގެ މަޤާމަށް ހޮވިވަޑައިގަތީ، ޖޭޕީގެ ޓިކެޓެއްގައެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ޤާސިމް އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު ވެސް ފައިސަލް ޖޭޕީގެ މަސައްކަތްތަކުން ނުފެނެއެވެ.

ފައިސަލް ފާހަގަކުރެވުނީ މާލޭ މޭޔަރުގެ ކެމްޕޭންގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއާއެކު ހަރަކާތްތެރިވި ބޭފުޅެއްގެ ގޮތުގައެވެ.