އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުއަށް މިސްރުގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

Ads by Asuru

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހީމް ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ދަ އަރަބި ކޮންޓްރެކްޓާސް ކުންފުނިންނެވެ.

އެ މަޝްރޫޢުއަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މިމަހުގެ 17 ވަނަ ދުވަހު ވަނީ މަޝްވަރާކޮށްފައެވެ.

ނާޒިމް ވަނީ އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ނަމަ އެކަމުގެ މަސައްކަތް އެ ފަރާތާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އިކޮނޮމިން ކައުންސިލުން ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަކަށް ގާތްގަނޑަކަށް 15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެއެވެ.