ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru
އެމްއެންޑީއެފުން ބުނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
އޭގެ އިތުރަށް ޗީފްގެ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ކާނަލް އިބްރާހިމް ޝާން ޝާކިރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ޔޫއޭއީއަށް ދަތުރުފުޅެއް ފައްޓަވާފައި މިވަނީ ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނީ ކުރުމަށްޓަކައި އަސްކަރިއްޔާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދައިދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.