ސަރުކާރު ހިންގާ މައި ކޯލިޝަން ކަމުގައިވާ ޕީޕީއެމް/ ޕީއެންސީގެ 13 މެމްބަރަކަށް، ރައްޔިތުންގެ ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓު ކަށަވަރުވެއްޖެއެވެ.

Ads by Asuru

ޕީއެންސީން ބުނީ 13 ދާއިރާގެ ޓިކެޓު، މެމްބަރުންނަށް ކަށަވަރުވީ އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާއި، ބައެއް މެމްބަރުން ނަން އަނބުރައި ގެންދިއުންކަމަށެވެ.

ޕްރައިމަރީއާ ނުލައި ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުން:

  1. ހޯރަފުށީ ދާއިރާ: އަލީ މޫސާ
  2. ބާރަށު ދާއިރާ: ޕީއެންސީގެ ނައިބު ރައީސް އިސްމާއިލް ޝުޖާއު
  3. ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ
  4. އޭދަފުށީ ދާއިރާ: މިހާރުގެ ވެސް މެމްބަރު އަހްމަދު ސަލީމް
  5. މަހިބަދޫ ދާއިރާ: މިހާރުގެ ވެސް މެމްބަރު އަހްމަދު ޠާރިގު
  6. ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ
  7. ތިމަރަފުށީ ދާއިރާ: އިބްރާހިމް ސަނާހް
  8. ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަަބްދުﷲ
  9. ހިތަދޫ މެދު ދާއިރާ: ނޫސްވެރިޔާ އަހްމަދު އަޒާން މަރްޒޫގް
  10. ހުޅުދޫ ދާއިރާ: ކުރީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)
  11. ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުޙައްމަދު
  12. ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  13. ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް

މި 13 މެމްބަރުންނަށް ޓިކެޓު ޔަޤީންވީއިރު، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލަ ހޫނުވެސް ވިއެވެ.

މައްސަލަ ހޫނު ވުމުން، ޕްރައިމަރީގައި ވާދަކުރަން ފޯމުލީ އެންމެންނަށް އެ ފުރުޞަތު ދޭން ރައީސުލްޖުމްހޫރިއްޔާ، އަދި ޕީއެންސީގެ ރައީސް، ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިއެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ، މި މަހުގެ 27 ވަނަ ދުވަހުއެވެ.