ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއިން ބޭރުގެ 30 ފަރާތަކަށް ދަޢުވަތު ފޮނުވަން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން  ބުނެފިއެވެ.

Ads by Asuru

މަޖިލިސް އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލައިފައިވާ ކަމަށެވެ.

އީސީން މި ފުރުޞަތު ހުޅުވައިލައިފައިވަނީ މި މަހުގެ 27 ގެ ނިޔަލަށެވެ.

މީގެއިތުރުން ޚާއްސަ ދަޢުވަތެއް ފޮނުވާފައިވާ ކަމަށް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ ބޭރުގެ އޮބްޒާވަރުންގެ ތެެރެއިން 10 ބޭފުޅުންނަކީ ބައިނަލްއަގުވާމީ ޖަމްއިއްޔާ އަދި ޖަމާއަތްތަކުން ހޮވައިލެވޭނެ ބޭފުޅުން ކަމަށެވެ.

އަދި އީސީިއިން ނިންމާފައިވަނީ 10 ޤައުމަކުން 20 ބޭފުޅުންނަށް ޚާއްޞަ ދަޢުވަތު އަރުވާށެވެ.

އީސީގެ ޚާއްސަ ދައުވަތު ފޮނުވާ ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި ސައުތު ކޮރެއާ އާއި އޮސްޓްރޭލިޔާއާއި ފިލިޕީންސްއާއި ކެމްބޯޑިއާ އަދި ޖަޕާން ހިމެނެއެވެ.