އިސްލާމިކް ޗެރިޓީ ފަންޑުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާކޮށްފިއެވެ.

Ads by Asuru

އެ ފަންޑުން ޒަމާނީ މެޑިކަލް އެނދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވައުޗަރ ވަނީ ހަވާލުކޮށްފައެވެ.

މި ވައުޗަރ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްއާ ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އެ މިނިސްޓަރު ފަންޑުން ޚަރަދުކޮށްގެން ހަދިޔާ ކުރަނީ ޒަމާނީ މެޑިކަލް އެނދު ކަމަށެވެ.

މިއަދު ހަދިޔާ ކުރީ ފަސްލައްކަ ހަތަރު ހާސް ރުފިޔާގެ އެނދެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭ ކަމަށެވެ.

އަދި މުޖުތަމައުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާޤު ކަމަށް ވިދާޅުވިއެވެ.