ދ.އަތޮޅުގެ ކަޑިންމަ ރިސޯޓުގެ ކައިރިން ފެނުނު ކިނބޫ ކަނޑަށް ދޫކޮށްލައިފިއެވެ.

Ads by Asuru

އެމްއެންޑީއެފްއިން ބުނީ، އެ ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުޞަތު ކުޑަވާގޮތަށް، ބޭރު ކަނޑަށްކަމަށެވެ.

ދިގުމިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރުއެވެ.

މީގެކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ.

ނަމަވެސް އޭގެއިން އެއްޗެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.