ވެރިރަށް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

މި ހާދިސާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް ވެސް އާއްމު ވެގެން ގޮސްފައެވެ.

ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަމަލާ ދީފައިވަނީ އަނިޔާވި މީހާގެ ބޮލަށެވެ. އަދި ހަމަލާ ދިން ތަނުން ވަރަށް ބޮޑަށް ލޭ ފައިބާ މަންޒަރު ވެސް ފެނެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާއަށް ބުނީ މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 19:26 ހާއިރު ކަމަށެވެ.

އަދި އަނިޔާވި ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ބިދޭސީއަކު ހައްޔަރު ކުރިއިރު، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.