މިނެޓަކު 160 ލީޓަރު ތެޔޮ މަސް ދޯނި ފަހަރުތަކަށް އެޅޭ ޕަންޕެއް ކޫއްޑޫގައި އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކޫއްޑޫގައި އެފްއެސްއެމްއިން ގާއިމުކޮށްފައިވާ ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ، އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.
ކޫއްޑޫގައި ގާއިމުކޮށްފައިވާ @FuelSuppliesMv ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ، އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ޙިދުމަތްދޭން ވަނީ ފަށާފައި. pic.twitter.com/j0znVVgfaJ
— Ministry of Fisheries and Ocean Resources (@MFORmv) February 2, 2024
ކޫއްޑޫގައި އަވަހަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު، މަސްވެރިންނަށް ދިމާވާ މިފަދަ ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މި ސަރުކާރުގައި މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން މިހައިތަނަށް 276 މިލިއަނަށްވުރެ ގިނަ ފައިސާ ދެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.