އިއްޔެ ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވިލިމާލެ ދާއިރާގެ ޓިކެޓަށް ވާދަކުރެއްވި އެ ޕާޓީގެ ތަރުޖަމާނު އަނަސް ޢަބްދުއްސައްތާރު ބަލިވެއްޖެއެވެ.

Ads by Asuru

މި އިންތިޚާބުގައި އަނަސް އާ ވާދަކޮށް އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާޤު ވަނީ 73.50 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައެވެ.

އަނަސްއަށް ލިބުނީ އެންމެ 53 ވޯޓެވެ. އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާޤަށް 147 ވޯޓު ލިބުނެވެ.

އަނަސްއަށް ނާކާމިޔާބީ ކުރިމަތިވެވަޑައިގެންނެވިއިރު، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ގާސިމް, އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ވެސް އެމްޑީޕީ ޓިކެޓް ނުލިބުނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވިއެވެ.