ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ފަހު، އެގްރިކަލްޗަރ މިނިސްޓަރު ޑރ. ޢައިޝަތު ރަމީލާ އަލުން މަސައްކަތް ފައްޓަވައިފިއެވެ.

Ads by Asuru

ރަމީލާ ކުރިން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ.

އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް މިނިސްޓަރު ޕޯސްޓްގައި އެދިވަޑައިގެންފައިވެއެވެ.

ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު އޭރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

އެކަމަނާ ފަރުވާއަށް ވަޑައިގެންނެވީ އިންޑިއާއަށެވެ. އަދި، ޑރ. ރަމީލާއަކީ ސޯޝަލް ސައިންސްގެ ދާއިރާއިން ތަޢުލީމް ހާސިލްކޮށް ޕީއެޗްޑީ ސަނަދު ލިބިވަޑައިގެންފައިވާ ފަރާތެކެވެ.