ޕާކު ކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

Ads by Asuru

ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، މ. މާޔާގެ ކުރިމަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

އޭނާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.