ވެރިކަމަށް ވަޑައިގަތުމަށް ފަހު 14 ހަފްތާ ތެރޭގައި ފުއްދަން ވަޢުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން 50 ވަޢުދު މިހާރު ފުއްދިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާ ދެއްވައި، އެމަނިކުފާނު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައެވެ

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާ، ރައްޔިތުންގެ އިޙްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ޙާސިލްކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލެއްވި ކަމަށެވެ.

އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވަޢުދުތަކާއި ހަތަރު ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވަޢުދުތައް ކަނޑައަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވާއިރު މިއަދާހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ %100ފުއްދިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ%78 ފުއްދިފައިވާއިރު މި 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން%100 ފުއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.