އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިފައިވާ ކަމަށް ބަކިންހަމް ޕެލަސްއިން ބުނެފިއެވެ.
ބަކިންހަމް ޕެލަސްއިން ޗާލްސްގެ ހާލު ހާމަކުރި ނަމަވެސް ޗާލްސް ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ ކޮން ބާވަތެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ކެންސަރު ޖެހުމުން ޗާލްސްގެ އާންމު މަސައްކަތްތައް ފަސްކުރަން ނިންމާފައިވާކަމަށް ބަކިންގހަމް ޕެލަސް އިން ބުނެއެވެ. އަދި ހޯމަ ދުވަހުން ފެށިގެން ގަވާއިދުން ބައްޔަށް ފަރުވާ ކުރަން ވަނީ ފަށާފައެވެ.
ކެންސަރު ޖެހުނުއިރު ޗާލްސްގެ އުމުރުން 75 އަހަރެވެ.
އޭނާ ހުރީ އުއްމީދާއެކު ބަލިން ފަސޭހަވެ އަލުން މަސައްކަތަށް ނުކުންނަން ތައްޔާރަށެވެ.