ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ.ގުރައިދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް އެ ރަށުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

Ads by Asuru

ގުރައިދޫ އަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒުއަށް އެއް ރަށަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށެވެ.

އިންތިޚާބީ ރައީސްގެ ގޮތުގައި ވެސް، ރައީސް މުޢިއްޒު ގުރައިދޫއަށް ދަތުރުފުޅުކުރެއްވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގި އެރަށުން ރައީސް މުޢިއްޒަށް ވަނީ 625 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ %74.05 އެވެ.

ރައީސް މުޢިއްޒު ގުރައިދޫއަށް ވަޑައިގެންފައި މި ވަނީ، ވަރަށް އަވަހަށް ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.