މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. ޢައިޝަތު ޝިހާމާ ވަގުތުން ސުވާލުކޮށް ޖަވާބު ހޯދޭނެ އިންތިޒާމެއް އެ މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ads by Asuru

މިކަން ހާމަކޮށް އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފޭސްބުކް މެދުވެރިކޮށް، މި ލައިވް ކުރިއަށް ދާނީ މާދަމާ ރޭ  8:30 ގައި ކަމަށެވެ.

ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް މިނިސްޓަރާ ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް ޑރ. އައިޝަތު ޝިހާމް ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން މިފަދަ ކަމެއް އިންތިޒާމް ކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ ”ރައީސްގެ ޖަވާބު“ މި ނަމުގައި ކުރިއަށް ގެންދާ ސިލްސިލާއެއްގައި، އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.