އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކުރީގެ ނޫސްވެރިޔާ  ނަސީރު އިބްރާހިމްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ އިއްޔެ މެންދުރު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ނަސީރުއާ އެހެން މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ ވީޑިއޯގައި ދެން ފެންނަނީވެސް ކުރީން ނޫސްވެރިއަކަަށް އުޅުނު މީހެއް ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.