ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު ތަޢާރަފު ކޮށްފިއެވެ.

Ads by Asuru

ބިދޭސީންގެ މެޑިކަލް ހެދުމުގެ އައު އުސޫލް އިފްތިތާޙްކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ.

ިމި އުސޫލުގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްޙަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުމެވެ.

މި އުޞޫލަށް މިހާރު ގެނެވުނު ބަދަލާއެކު ވަރކް ވިޒާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިޒާ (ހަދާ ފުރަތަމަ ފަހަރު) މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެއެވެ.

އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ޤައުމުތަކުން ބިޒްނަސްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

 

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ޤައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކުރެވިފައެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހުއެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ތެރެއިން ވަރކް ވިޒާގައި އަންނަ މީހުންނާއި، އަދި ޑިޕެންޑެންޓް ވިޒާ، ސްޓުޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ ކޯޕަރޭޓް ރެސިޑެންޓް ވިޒާގައި ތިބޭ ފަރާތްތަކުން ރާއްޖެ ފުރަތަމަ އަންނަ އިރު އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެއެވެ.

އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ޤައުމުތަކުން ބިޒްނަސްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފްޞީލް އުސޫލުގައި ވަނީ ހިމަނާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އިޙްސާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް އަދި ޤސވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވާ ބިދޭސީންގެ މެޑިކަލް ހެދުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުސޫލު ރަނގަޅަށް ތަންފީޒްކޮށްފައި ނުވުމުގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ހަދައިދޭ ތަންތަނުގައި އެކަމަށް އެކަށީގެންވާ ވަސީލަތްތައް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ހިދުމަތް ދޭ މީހުން ވެސް މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދޭން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އަލަށް އެކުލަވާލި އުސޫލު ތަންފީޒްކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އުސޫލްތަކާ ޚިލާފަށް ކަމެއް ކުރުމަށް މީހަކު އިރުޝާދު ދިންނަމަވެސް އެކަން ނުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ދިގު މުއްދަތަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު އެކުލަވާލާފައިވަނީ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.