ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ”ލާދީނީ“ ނުވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަށް އޭނާ ބައިއަތު ހިފައިގެން ހުރުމުންތޯ، ދީނީ އިލްމުވެރިޔާ ފަޒްލޫން ބިން މުހައްމަދު ސުވާލު ކުރައްވައިފިއެވެ.
ފަޒްލޫނަކީ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދަން އުޅުނު ހިންދޫ ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހުއްޓުވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކެވެ.
ރައީސް ސޯލިހު ލާދީނީ މީހަކަށް ނުވަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވީ، އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހު އަލީ ޒައިދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޒައިދުގެ ޓްވީޓުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ، ލާދީނީ ފިކުރު މިހާރު ސާފު ވެއްޖެ ކަމަށް ވިދާޅުވިއެވެ.
”އަމިއްލަ ޖަމާއަތުގެ ތެރޭވެސް ތާރީހު ސުމަކަށް ވެއްޓިއްޖެ. އެހެންނޫންތޯ ވާނީ އިސްލާމްދީނުގެ އަސާސްތަކަށް ފާޑުކިޔާ، ހިތުހުރި ގޮތަކަށް އުޅެންޏާ. އެންމެފަހުން ލިވާތު ދިފާއުކޮށްގެން ނިމިގެން އެދަނީ.“
ޒައިދުގެ މިވާހަކައާ ގުޅިގެން ފަޒްލޫން ވަނީ ލާދީނީ ފިކުރަކީ ވަކި ފަރުދެއްތޯ ސުވާލު ކުރައްވައިފައެވެ.
ލާދީނީ ފިކުރަކީ ވަކި ފަރުދެއްތޯ؟ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ރަސްމީ އިއްޒަތާއި ހިމާޔަތްދީ އެކަމަށް ފަހި ދޮރުތައް ހުޅުވައިގެން ހުރި ރައީސް ލާދީނީ ނުވަނީ ޢަދާލަތު ޕާޓީއިން އޭނާއަށް ބައިޢަތު ހިފައިގެން ތިބީމަތޯ؟ ނުވަތަ ނަމުގެ އެންމެ ފަހަތުގައި ޞާލިޙް އޮންނާތީތޯ؟ pic.twitter.com/7p5NPG5eix
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) July 31, 2022
”އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ރަސްމީ އިއްޒަތާއި ހިމާޔަތްދީ އެކަމަށް ފަހި ދޮރުތައް ހުޅުވައިގެން ހުރި ރައީސް ލާދީނީ ނުވަނީ ޢަދާލަތު ޕާޓީއިން އޭނާއަށް ބައިޢަތު ހިފައިގެން ތިބީމަތޯ؟“
މީގެ އިތުރުން ފަޒްލޫން ވަނީ ރައީސް ސޯލިހަކީ ލާދީނީ މީހަކަށް ނުވަނީ، އެމަނިކުފާނުގެ ނަމުގެ ފަހަތަށް ”ސޯލިހު“ އަންނާތީތޯވެސް ސުވާލު ކުރައްވައިފައެވެ.
ނުވެފަ ކޮބާތަ ޔަހޫދީ ވެރިޔަކުބުނާގޮތަށް ތާއީދު ކުރަނީ ދީނުގެ ދިފާއުގާ ތެދުވާމީހުން އެތޖ ީ ޖަލުގަ ދީނަން ހަޖޫ ޖަހީ ހަދާމީހުން ރަސޫލާ ނިކަމެތިކުރާމީހުންނަށް މަތީމަގާމުތައް