ޅ.މާފިލާފުށީގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

Ads by Asuru

މިއީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 އަށް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރަކީ ރައިފަލްއެވެ.

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4600 މީޓަރު ކަމަށްވާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ މާފިލާފުށީގެ އިރު ދެކުނު ސަރަހައްދެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އެދިފައެެވެ.