ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައި، ޖާގައަށް އެދެން ހުޅުވާލައިފިއެވެ.

Ads by Asuru
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާތީ ކަމަށެވެ.

ޖެޓީގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މައި ހުޅުމާލެ ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހެދީ ހުޅުމާލެއަށް މުދާ އަރުވާ ބޭލުމުގެ ދަތި ކަމަށް ޙައްލެއް ގެނައުމުގެ ގޮތުންނެވެ.