މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އަންހެން ކަނބަލަކު އައްޔަނު ކޮށްފިއެވެ.

Ads by Asuru

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ފާތިމަތު ދިޔާނާއެވެ.

މިއަދު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު ދިޔާނާއާއި ޙަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަޤާމަށް އަންހެން ކަނބަލަކު އައްޔަނު ކުރައްވާފައިވާއިރު، ކަސްޓަމްސް އިން ބުނީ، މިއީ މިންތީގެ ހަމަހަމަކަން ޤާއިމުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކަސްޓަމުން ނެގި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ކަސްޓަމްސްގައި 23 އަހަރު ޚިދުމަތް ކުރައްވާފައިވާ ދިޔާނާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ.