އިންތިޚާބަކާ ނުލައި އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންތިޚާބު ވެއްޖެއެވެ.

Ads by Asuru
އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ޝާހިދު އެކަންޏެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ، ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ.
އެއަށް ފަހު  ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުވުމެއް ބޭއްވުމަށް ފަހު ނިންމީ ރައީސަކު އައްޔަނު ކުރެވެން ދެން ޕާޓީގެ ލީޑާޝިޕްގެ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙާ ހަވާލު ކުރުމަށެވެ.
އެއީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާ ގޮތުގެ މަތިން ވެރިކަން ބަދަލުވުމާ ހަމައަށް ރައީސް ޞާލިޙު ހުންނެވީ ޕާޓީގެ އިސް ލީޑަރުގެ ގޮތުގައި ކަމަށް ވާތީއެވެ.