އ.އ ތޮއްޑޫގައި މަސައްކަތް ކުރާ ރަޝިއާއަށް ނިސްބަތްވާ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ ތޮއްޑޫގެ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތް ކުރާ، އުމުރުން 42 އަހަރުގެ އެ މީހާއަށް ހަމަލާ ދިން މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ، އިއްޔެ އިރުއޮއްސި 6:30 ހާއިރުގައި ކަމަށެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާއަށް، ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ވެސް ދިނެވެ. ފުލުހުން ބުނީ އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މިކަން ތަހުޤީޤު ކުރަމުންނެވެ.