މީހަކަށް މަރުގެ އިންޒާރު ދިނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

Ads by Asuru
މިކަމާ ގުޅޭގޮތުން ފުލުހުން އިއްޔެ ބުނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ، ތޫނު ހަތިޔާރު ގެންގުޅުމާއި މުދަލަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އައްޑޫ ސިޓީ ފޭދޫ / އިލާ, މުޙައްމަދު އައިދު ސަޢީދު (24އ) ކަމަށެވެ.

އައިދު ސަޢީދާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.