ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

އެ އެޖެންސީ އިން ބުނީ ފާނަބަސަންދުގެ ކޭސްތައް މިހާރު ފެންނަމުންދާލެއް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ކޭސްތަކުގެ ތަފްސީލެއް ނުދެއެވެ. ފާނަަބަސަންދުގެ ކޭސްތައް އިތުުރުވަމުންދާތީ އެ ބަލިން ސަލާމަތްވާނެ ގޮތުގެ އިރުޝާދު ވެސް އެޗްޕީއޭއިން ވަނީ ދީފައެވެ.

ގައިން ގަޔަށް ހަލުވި ކަމާއެކު އަރާ ފާނަބަސަންދު، ނޭވާލާ ނިޒާމުގެ ތެރެއިން ޖެހޭއިރު ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހެއްގެ ތުވާލި ބޭނުން ކުރުމުން ވެސް އެ ބަލި ފެތުރެއެވެ.