އިންޑިއާގައި އުމުރުން 13 އަަަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި ޕޮލިސް އޮފިސަރަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ޕޮލިސް އޮފިސަރު އަންހެން ކުއްޖާ ރޭޕު ކުރީ، އޭނާ ރޭޕްގެ ޝިކާރައަކަށް ވެގެން، އެ މައްސަަލަ ރިޕޯޓް ކުރަން ދިޔުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ ހަތަރު މީހުންގެ ގޭންގަކުންނެވެ. ކުއްޖާގެ ބައްޕައާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މިދިޔަ މަހުގައެވެ.

އިންޑިއާ އަކީ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ގައުމެކެވެ. އެގައުމުގައި އެވްރެޖްކޮށް، ކޮންމެ 18 މިނެޓަކުން އަންހެނަކު ރޭޕް ކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2012 ވަނަ އަހަރުގައި އިންޑިއާގެ ވެރިކަން ކުރާ ދިއްލީގައި މެޑިކަލް ސްޓޫޑެންޓެއް ރޭޕް ކުރި މައްސަލަ ހޫނުވެ، މިފަދަ މައްސަލަތަކާ ގުޅޭ ގާނޫނުތައްވެސް ހަރުކަށި ކުރިއެވެ. އެހެންނަމަވެސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ކުށުގެ ރޭޓު ދަށްވެފައެއް ނުވެއެވެ.