މި މާޗު މަހު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު، ހުއްޓުމެއް ނެތި، 24 ގަޑިއިރު ބަލަހައްޓަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމުގައި ވިޔަސް، އެ ސަރަހައްދު ނުބެލެހެއްޓޭތީ، އެތަނުގައި ނުރައްކަލެއް ހިނގިޔަސް، އަމިއްލައަށް ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް މި މަހު އެކަން ފެށިގެން ދިޔުމުން، އަމިއްލައަށް އަމިއްލަ ގައުމު ބެލެހެއްޓޭކަމުގެ އިހުސާސް ކުރެވޭނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

 

 

”އިރާދަކުރެއްވިއްޔާ، މި މާޗު މަހުގެ ތެރޭގަ، އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭނެ، ހުއްޓުމެއް ނެތި، 24 ގަޑިއިރު ހުއްޓުމެއް ނެތި، ބެލެހެއްޓޭނެ ނިޒާމު އިރާދަކުރެއްވިއްޔާ، ގާއިމު ކުރާނަން.“ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި، މިއަދާ ހަމައަށް އައިރުގައި، އެއްވެސް އަމިއްލަ ބާރެއް ނެތް ކަމަށެވެ.

”އަމިއްލަ ކެޕޭސިޓީއެއް ނެތް އެތަން ބެލެހެއްޓުމުގައި. އަޅުގަނޑުމެންގެ އިގްތިސާދު ފުޅާ ކުރެވެން އޮތް ބިޔަ ބޮޑު ސަރަހައްދެއް މިއީ. ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ސަރަހައްދެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު ކަމުގައިވާއިރު، ބިމަކީ އެންމެ އިންސައްތައެއް ކަމަށެވެ. އަދި ގައުމުގެ ބޮޑު ބައި މިހާ ހުރިހާ ދުވަހު ބެލެހެއްޓިފައި ނެތްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަދާ ހަމައަށް އެންމެ ދެތިން ޕަސެންޓެއް ބެލެހެއްޓުނުއިރު، އެއީ ގާބިލުކަން ހުރި ވަރު ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ”ހަފްތާ14″ގައި 161 ކަމެއް ކުރަން ނިންމިއިރު، އޭގެ ތެރެއިން ބޮޑު ބައި ހާސިލު ކުރެވިފައިވާ ކަމަށެވެ.