ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ‏(އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ގުޅިގެން އިސްރަށްވެހިންނަށް ހާއްސަ މާހެފުމެއް ބާއްވައިފިއެވެ.

Ads by Asuru
މި މާހެފުން ބާއްވާފައި ވަނީ އިއްޔެ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. ގިނަ އަދަދެއްގެ އިސްރަށްވެހިން މި މާހެފުމުގައި ބައިވެރިވެފައިވެއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ މި މާހެފުމަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މާހެފުމެއް ކަމަށެވެ.

އެ މިނިސްޓްރީން  ވަނީ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންގެ ހަވީރެއް ވެސް އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

މި ހަވީރުގައި މުހިންމު ގިނަ ވާހަކަތަކެއް ހިއްސާކުރެވި އެކުގައި އެންމެންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.