ރ.އުނގޫފާރުގެ ތަރައްގީއަށް އެމަނިކުފާނު ކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދެވުމުގެ ގޮތުންނެވެ.

އުނގޫފާރުން އެހެން ރަށްރަށުގެ މީހުން ވެސް ހިދުމަތް ހޯދާކަން ފާހަގަކުރައްވައި ރައީސް ވަނީ އެރަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

”ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ ހަމަ، މި ދެންނެވި ވިސްނުމުގައި، މި ރަށުގެ ތަރައްގީއަށްޓަކައި ކަންކަން ފަހިކޮށްދިނުން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އުނގޫފާރުގެ ކައުންސިލުން އެ ރަށަށް ދަތިވާ 15 ކަމެއް ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެކަންތައްތައް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.