ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ 8:30 ގައި އޮންނާނެއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ބެލުމާއި ހަނދާއި ބެހޭ ރަސްމީ ގަރާރު އިއްވުމަށް ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މިރޭ 8.30 ގައި އިސްލާމީ މަރުކަޒުގައި ކަމަށެވެ.

ރަމަޟާން މަހުގެ ހަނދު ބެލުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަަމަށެވެ.

އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށާ މެޖިސްޓްރޭޓެއް ގާއިމުގެ ނެތް ރަށެއްގައިނަމަ އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއ،ި ރަށު ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭ ބުނެފައި ވެއެވެ.