ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހުމަދު އީސާ އިތުރުފުޅު ހައްދަވައިފިއެވެ.

Ads by Asuru

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ތިން މަސް ވީ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ވިދާޅުވެ، އީސަ ވަނީ ސަރުކާރުން ކުރާހާ ވެސް ކަމަކީ ދޮގު ހެދުމާއި އޮޅުވާލުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ހަފްތާ14ގެ ހުރިހާ ވައުދެއްހެން، ގާތްގަނޑަކަށް ފުއްދިފައިވާކަން ރައީސް މުއިއްޒު ދާދި ފަހުން ފާހަގަކުރެއްވިއިރު، އެ ވާހަކަފުޅު ވެސް އީސަ ދޮގު ކުރެއްވިއެވެ.

”މި ސަރުކާރުގެ އެއްވެސް ވައުދެއް، މިއަދު ވިދާޅުވެއްޖެ 150 ވައުދު ފުއްދައިފީމޭ، އެއްވެސް ވައުދެއް މި ސަރުކާރުން، މިއިން ރަށެއްގައި ފުއްދާފައިވާ ވައުދެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް.“ އޭނާ ވިދާޅުވިއެވެ.

އީސަ މިހެން ވިދާޅުވިއިރު، ރައީސް މުއިއްޒުގެ އެންމެ މުހިންމު ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާ ސިފައިން ބޭރު ކުރުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ވެސް ފަށައި، އައްޑޫ ސިޓީގައި ތިބި ސިފައިން ވަނީ ފޮނުވާލެވިފައެވެ.

ެ“ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މިއަދު ވަނީ ސަރުކާރުން ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅީ 161 ވައުދުކަން ފާހަގަކުރައްވައި، އޭގެތެރެއިން ހުރިހާ ވައުދެއްހެން އެ ކަނޑައެޅި ތާރީހާ ހަމައަށް ފުއްދިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ވައުދުތަކުގެ ތެރެއިން ދެތިން ކަމެއް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުކް 161 ވައުދުގެ ތެރެއިން 155 ވައުދަށް ވުރެއް ގިނަ ވައުދު ކަނޑައެޅި މިންވަރަށް އެއްކޮށް ހާސިލުކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.