މާލެ ސިޓީގެ މަގުތަކުން އިއްޔެ އެކަނިވެސް ގިނަ އަދަދެއްގެ ކުނި ނަގައިފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެވެސް މާލެއިން އެކަނި 38 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

އެގޮތުން 0.35 ޓަނުގެ 14 ޕިކަޕާއި، 1.4 ޓަނުގެ ޕިކަޕާއި ދެ ޓަނުގެ 14 ޕިކަޕް އަދި ހަތަރު ޓަނުގެ ޕިކަޕުގެ ކުނި އިއްޔެ ނަގާފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވެސް މާލެއިން އެކަނި 59.6 ޓަނުގެ ކުނި ނަގާފައިވެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭގައި 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށާއި، އެއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނި ކަމަށެވެ.

އޭނާ ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މާލޭގެ މަގުތަކަށް ގިނަ އަދަދަކަށް ކުނި އަޅާފައިވަނީ ރަމަޟާންމަހާ ދިމާކޮށް ގޭތެރެ ސާފު ކުރުމަށް، ގިނަ އަދަދެއްގެ ހިފާ ގެންގުޅޭ ސާމާނު އާ ކުރުމަށެވެ. މިއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.