ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފޯނު ފޭރިގެންފިއެވެ.

Ads by Asuru

ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދުގެ ފޯނު ފޭރިގަތުމާ ގުޅިގެން އެމަނިކުފާނުގެ ދަރިކަނބަލުން، މަޖިލީހުގެ ނައިބް ރައީސް އީވާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކާން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ގޮސްފައިވާ ކަމަށާއި، ނަޝީދުގެ ނަމްބަރު ބްލޮކް ކޮށްދޭން އެދޭ ކަމަށެވެ.

ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު ނަޝީދު މިވަގުތު ހުންނެވީ، އެމަނިކުފާނުގެ އާއިލާއާއެކުގައި، އިނގިރޭސިވިލާތުގައެވެ.

ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިނޭ ކުރާ މަންޒަަރު ފެންނަ ފޮޓޯތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.