ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

Ads by Asuru

ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައިގައި މިއަދު ހުކުމް އިއްވިއިރު، ކްރިމިނަލް ކޯޓުން ޝެއިހް ނިޝާން ބަންދު ކުރުމަށް ނެރުނު އަމުރަށް ތާއިދުކޮށްފައިވެއެވެ.

ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ އެކަން ހުއްޓުވަން އުޅުނީ، އެއީ ހިންދޫ ދީނުގެ އަޅުކަމަށް ވާތީއެވެ.

ނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.