ބާސްކެޓް ބޯޅަ ކުޅުއްވުމަށް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް(ކާނަލް ނާޒިމް)އަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު(މުންދު) ދައުވަތު ދެއްވައިފިއެވެ.

Ads by Asuru

ނާޒިމްގެ ކިބައިގައި ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރިކަމަށް އެ ޕާޓީގެ ސައުތު ރީޖަންގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ނާޒިމްގެ އިސްކޮޅު ވެސް އެބަހުރި ކަމަށާއި, ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރި ކަމަށެވެ.

މިވާހަކައަށް ފާޑުވިދާޅުވެ، ފޭސްބުކްގައި މުންދު ވަނީ އިސްކޮޅުން ދިގުނަމަ، ކުރައްވަން މާރަނގަޅު ކަމެއް އެބައޮތް ކަމަށާއި، އޭނާގެ އެއް ނަމްބަރު ބާސްކެޓް ބޯޅަ ޓީމަށް ފަރިތަކުރައްވަން ވަޑައިގަންނަވަންވީ ކަމަށް ވިދާޅުވެފައެވެ.

މިކަމުގައި ކުރިމަގު އެބައޮތް. އުމަރު ނަސީރަކީވެސް މޮޅަށް ކުޅުނު މީހެއް. މަނިކުފާނަށްވެސް ވެދާނެ ހިތްވަރު ހުރިއްޔާ.

އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ވަނީ ނިންމައިފައެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ.