މާލެ ސަރަހައްދުގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ފަރުކޮޅު ފުށީގައި ހަދާ އެ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އާއި އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމްއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި މިޕްރޮޖެކްޓް ނިމޭއިރު އެކި ވައްތަރުގެ ޕެޓަށް އަޅާލެވޭފަދަ ފެސިލީޓީއެއް ގާއިމު ކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ބުޅޭ ފެސިލިޓީ އެޅުމަށް ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ.

އަދި އެ ފެސިލިޓީގައި ކުރިއަށް އޮތް 20 ދުވަސް ތެރޭގައި ފެންސް ޖަހާ ނިމޭނެ ކަަމަށްވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ބުޅާ ފެސިލިޓީ ހެދުމުން މާލޭގައި ދިރިއުޅޭ ބުޅާތައް އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ބުޅަލުގެ އަދަދު 3000 އަށް ވުރެ ގިނަވާނެ ކަމަށް ސިޓީ ކައުންސިލުން ލަފާކުރެއެވެ.