ދިވެހިބަހުގައި ”ކަނބަލުން“ މި ލަފުޒު ވަކިން ބޭނުން ނުކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ކަނބަލުން މި ލަފްޒަކީ، އަންހެން ބޭފުޅުންނަށް އިހްތިރާމްއަދާ ކުރުމުގެ ގޮތުން މިހާރު ބޭނުންކޮށް އުޅޭ ބަހެކެވެ.

ިއެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ދިވެހިބަހުން ވާހަކަ ދައްކާއިރު ނުވަތަ އެއްޗެއް ލިޔާއިރު ކިޔާނީ އަނބިކަނބަލުން، ނުވަތަ ދަރިކަނބަލުން.

މިގޮތަށް ކަމަށެވެ. ”ކަނބަލުން“ ވަކިން ނުވަތަ ވަކި ލަފުޒެއްގެ ގޮތުގައި ”ކަނބަލުން“ ބޭނުން ނުކުރާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ޖުމްލަކޮށް އަންހެނުންނޭ ބުނަން ވެއްޖެ ނަމަ ބުނާނީ  ”އަންހެނުން“ ކަމަށާއި، ކަނބަލުންނޭ ނުބުނާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.