ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަނގަޅުވާނީ ފިލްމު ކުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިނގިރޭސިވިލާތުގައި ނަޝީދުގެ ފޯނު ފޭރިގަތް މައްސަަލައަށް އިޝާރާތް ކުރައްވައި، މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ފިލްމީ ދާއިރާ އިން ކުރިއަށް ދިއުން މާ ރަނގަޅުވާނެ ކަމަށެވެ.

ނަޝީދުގެ ފޯނު ފޭރުނު ވާހަކަ ރޭ އާންމުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއެވެ. ނަޝީދުގެ ދަރިކަނބަލުންނާ ހަވާލާދީ އީވާ ވިދާޅުވީ ލަންޑަންގެ ރެސްޓޯރަންޓެއްގައި ކާން ތިއްބަވައި މީހަކު ކުއްލިއަކަށް ނަޝީދު ފޯނު ފޭރިގެން ގޮސްފައިވާ ކަމަށެވެ.

ނަޝީދުގެ ފޯނު ފޭރިގެން މަންޒަރު ސިފަވީ ފިލްމީ މަންޒަރެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމީހާ އަށް ފައިސާކޮޅެއް ދޭން އުޅެނިކޮށް ފޯނު އަތުލައިގެން ދުއްވައިގަތުމުން ދަރިކަނބަލުން ވެސް އެގޮތަށް ވިދާޅުވިއެވެ.

ނަޝީދުގެ ފޯނު ފޭރިގަތް ވާހަކަ ދެކެވެން ފަށާފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.