”މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު“ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި ބޯޑުގައި ބައިވެރިވާން އެދޭ ދާއިރާތަކުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމުގެ ފުރުސަތުވެސް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ދާއިރާތަކަކީ ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމުއިއްޔާތަކުގެ ފަރާތުންނާއި ކޮންސްޓްރަކްޝަންގެ ސިނާއަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުންނާއި، އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމުއިއްޔާތަކުގެ ފަރާތުންނާއި އެޑްވައިޒަރީ ބޯޑުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުންނެވެ.

މި ފަރާތްތަކުން 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު ފުރުމަށް ވަނީ އެދިފައެވެ.