ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

މި ދަރުފުޅަށްފަހުގައި ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ރައީސް މުއިއްޒު ޔޫއޭއީއަށާއި، ތުރުކީ އަދި ޗައިނާއަށް ދަތުރުފުޅު ކުރައްވާފައިވާއިރު، އެމަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ، މިދިޔަ މަހުގައި ޔޫއޭއީއަށެވެ.

އެ ދަތުރުފުޅު ނިންމަވައިލައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސް ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ތަގުރީރު ކުރައްވައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓު 2024ގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފައެވެ.

ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަވާފައިވަނީ ޗައިނާއަށެވެ. އެ ދަތުރުފުޅުގައި ޗައިނާ އާއި ދިވެހި ސަރުކާރާއިމެދު، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ 20 އެއްބަސްވުމެއްގައި ސޮއި ކުރިއެވެ.