ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

Ads by Asuru

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެނބުރި މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ކުރިއަށްދާ މި ދުވަސްވަރު، މާދަމާ ރައީސް މާލޭގައި ދޮރުން ދޮރަށް ހިންގަވާނެއެވެ.

ޕީޕީއެމް/ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، މާދަމާ ރައީީސް ދޮރުން ދޮރަށް ހިންގަވާނީ މައްޗަންގޯޅި އުތުރު ދާއިރާ ގައެވެ. އެ ދާއިރާއަށް ވާދަ ކުރައްވަނީ އިބްރާހީމް މުހައްމަދެވެ.