ރިސްކު ހިމެނޭ މަސައްކަތްތައް ކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވަން ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގައި އެމްޓީސީސީ އާއި އެޗްޑީސީ ނުވަތަ ވެމްކޯ ކަހަލަ ކުންފުނިތަކަކީ ވަރަށް ބުރަކޮށް ކުދިން މަސައްކަތްކުރާ ތަންތަނަށްވާ އިރު، އެތަންތަނުން ރިސްކު އެލަވަންސް ނުލިބޭތީ، އެކަމަކީ ހަމަޖައްސަވައިދެއްވިދާނެ ކަމެއްތޯ، މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެކި ކުންފުނިތަކުގައި ކުރަން އޮންނަނީ އެކި މަސައްކަތް ކަމަށެވެ.

މުވައްޒަފުން ކުރާ މަސައްކަތްތަކުގައި ރިސްކު ހިމެނޭ ކުންފުންޏެއް ނަމަ، އެ ކުންފުނީގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެއްސިގެން ދާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ނުރައްކާތެރި ކަންތައްތައް ހިމެނޭ މާހައުލުގައި މަސައްކަތްކުރާ ވީހާވެސް ގިނަ މުވައްޒަފުންނަށް މިހާރަށް ވުރެ ރަނގަޅަށް، އަދި މިހާރަށްވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކު އެލަވަންސް ތައާރަފު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ބައްލަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.